ޚަބަރު
ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު ސީޝެލްސައަށް ފުރާވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސައަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މަނިކުފާނު އެ ދަތުރުފުޅު ކުރައްވަނީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖާ މަންސިއެންގެ ދައުވަތަކަށް ކަމަށެވެ.

ނަޝީދުގެ ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރާތް ކުރައްވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ. އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ބާއްވާ ބައްދަލުކުރެއްވުމެއް ވެސް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ކުރިއެރުމަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އެ މަޝްވަރާތަކުގައި ބައްލަވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

"މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި" މަޖިލީހުން ބުނެފައިވެއެވެ.

މި ދަތުރުފުޅަކީ މިމަހުގެ 22ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭ އާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާގެ ކަނޑުގައި އުފެދިފައިވާ ދެ ގައުމު ކަމާއި އަދި ދެ ގައުމަށް ދިމާވެފައިވެފައިވާ ގޮންޖެހުންތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ވެސް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތުގެ ސިޓީފުޅުގައި ފާހަގަ ކޮށްފައިވާކަން މަޖިލީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު