ޚަބަރު
ދިރާގުން މަމްސް އެންޖީއޯގެ ބެކް ޓު ސްކޫލް ޕްރޮގުރާމަށް އެހީވެއްޖެ
މަމްސް އެންޖީއޯއިން ކުރިއަށްގެންދާ "ބެކް ޓު ސްކޫލް 2022" ޕްރޮގްރާމްގެ ދަށުން އެ އެންޖީއޯގެ ކެއާ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިރާގުން ވަނީ މަމްސް އެންޖީއޯ އިން ކުރިއަށް ގެންދާ 'ބެކް ޓު ސްކޫލް 2022' ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މި ޕޮރޮގްރާމްގެ ދަށުން، މަމްސް އެންޖީއޯ އިން އަންނަނީ، އެހީ ބޭނުންވެފައި ތިބި ގިނަ އާއިލާތަކުގެ ކުދިންނަށް ދިރާސީ އާ އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ. 

ދިރާގުން ވަނީ ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައެވެ.

އެ ޕޮރޮގްރާމްގެ ދަށުން މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައިތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ.

"ބެކް ޓު ސްކޫލް 2022"އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއެކު މިއަހަރު މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފައެވެ. ދިރާސީ އާ އަހަރު މިއަދު ވަނީ ފަށާފަ އެވެ. ރާއްޖޭގެ އެކި ސްކޫލުތަކުގައި މި އަހަރު 93،278 ދަރިވަރުން ކިޔަވާނެ އެވެ. 

މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބެނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯ އެކެވެ. މީގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.

މަންމްސް އެމްވީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު މައިންނަށް ހާއްސަ ކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްއެކެވެ.

 2016 ގައި ފޭސްބުކް ޕްރައިވެޓް ގްރޫޕްއެއްގެ ގޮތުގައި ވަޖޫދަށް ގެނެވުނު މި ހާއްސަ ޕްލެޓްފޯމްގައި މިއަދު 18000 އަށް ވުރެ ގިނަ މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބި ކަމަށް މަންމްސް އެމްވީ އިން ބުނެއެވެ.

ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިންގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު