ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން އިންޓަރ ސްކޫލް ބައިސްކަލް މުބާރާތެއް ބާއްވަން ނިންމައި
މަރިޔަމް އަނާ
01 ސެޕްޓެމްބަރ 2022 - 15:19
0
comments
Tweet
Telegram
ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން، ސްކޫލުތަކަށް ހާއްސަކޮށް ބައިސްކަލް މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
2020 ވަނަ އަހަރު މި އިވެންޓް ބާއްވަން ނިންމި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ މުބާރާތް ވަނީ ފަސްކޮށްފައެވެ.
މި އަހަރު މި މުބާރާތް ކުރިއަށްދާނީ 17 ސެޕްޓެމްބަރގައި ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. ހުރިހާ ސްކޫލް ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހިޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 8 ސެޕްޓެމްބަރ ގެ ނިޔަލަށެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ފޯމު އެ ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިންވެސް ލިބޭނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ:
11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރު ސްޕްރިންޓް (އަންހެން / ފިރިހެން)
19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
3000 މީޓަރުގެ ޓީމް ޕާރސޫޓް
1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެއެވެ.
މި ހަރަކާތް އިފްތިތާހު ކުރުމަށް ދިރާގުގެ މައި އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް ނައިޔާ ޝަރީފް ވިދާޅުވި ގޮތުގައި، ޒުވާން އުމުރުން ފެށިގެން ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު، ސްކޫލް ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ދިރާގުގެ އުންމީދެކެވެ.
"މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސްއަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ދިރާގު ފައިބަ ޕްލޭނަކާ އެކު އެލައިޑުން ދޭ ގޭތެރޭގެ ތަކެތީގެ އިންޝުއަރަންސް
9 ދުވަސް ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
17 ދުވަސް ކުރިން
0
ދިރާގު ގޭމާސް ގިލްޑްއިން ގޭމް ކުޅުންތެރިންނަށް އެޑްއޮންތަކެއް!
18 ދުވަސް ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓު ދަތުރުތަކެއް ދޭ ޕްރޮމޯޝަނެއް ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހަތަރު ޑައިވަރުންގެ ހަށިގަނޑު އިޓަލީއަށް މިރޭ ފޮނުވަނީ
10 ގަޑިއިރު ކުރިން
0
ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރަން ޔޫކޭއާއެކު މަޝްވަރާކޮށްފި
11 ގަޑިއިރު ކުރިން
0
ތައިލެންޑުން ދިވެހިންނަށް ދޭ އޮން އެރައިވަލް ވިސާ 15 ދުވަހަށް ކުޑަކޮށްފި
11 ގަޑިއިރު ކުރިން
0
ޝަކުވާ ހުށަހެޅުމަށް ހާއްސަ އޮފީސް ޖުލައި 26ގެ ކުރިން ހުޅުވަނީ
20 ގަޑިއިރު ކުރިން
0