
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ، މި ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނައިބު ރައީސްގެ ސްލޮޓަށް ފައިސަލް ހުށަހެޅުއްވުމުންނެވެ.ފައިސަލް ވިދާޅުވީ މިިދިޔަ ފަސް އަހަރަށް ނައިބު ރައީސް ކަމަށް ހޮވެވަޑައިގަތުމުގެ ކުރިން ވެސް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވީ ވަފާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން، އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި، ބެއްލެވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށެވެ."އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ވެސް ކުރެވުނު ކަމަށް. އަޅުގަނޑު އުންމީދު ކުރާ ގޮތް އެއީ،" ފައިސަލް ވިދާޅުވި އެވެ. ވޯޓު ލުމުގެ ހައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުންް ހިފުމަށްވެސް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.