
މި މައްސަލަ ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 12:00 އަށެވެ. މައްސަލަ ހުށަހެޅީ ކޮން މެމްބަރެއްކަން ސާފުނުވިޔަސް، މި މައްސަލަ ތާވަލުކޮށްފައިވާކަން މަޖިލީހުގެ މީޑިއާ ގްރޫޕްގައި ވަނީ ހާމަކޮށްފަ އެވެ. އަފީފްގެ އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެ މައްސަލައިގެ ގަރާރު ހުށަހަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނަވާ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމާ ގުޅިގެންނެވެ.