ކުރިން އެންގުމަކާނުލައި ދިވެހި ކަނޑުގެ ސަރަހައްދަށް ބޭރުގެ ބަޔަކު ވަދެ ހަތިޔާރާއެކު ދިވެހި އުޅަނދުތަކަށް އަރައި ފާސްކޮށް، މީހުންނާ ސުވާލުކޮށް ބިރުދެއްކުމުގެ އަމަލުތަކަކީ ގައުމުގެ އިސްތިގުލާލާ ހިލާފުވުމެވެ.
ސިޔާސީ ބައެއް އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު ދިވެހި މަސްދޯނިތަކަށް އެރި ބޭރުގެ ސިފައިންގެ އެ އަމަލު ކުށްވެރިކުރުމުގެ ބަދަލުގައި ދިވެހި ސަރުކާރު ކުށްވެރިކުރަން އަވަސްވެގަންނައިރު، މި ހައްސާސީ ވަގުތަކީ ސިޔާސީ ވިސްނުން އެއްފަރާތްކޮށް އެއްބައިވަންތަވީ ވަގުތެވެ. ނުރައްކަލުގެ ކުރިމަތީގައި އެއްބައިވަންތަ ޤައުމީ ސްޓޭންޑެއްގެ ބޭނުންތެރިކަމަށް މިއީ އިންތިހާއަށް މުހިއްމު ވަގުތެކެވެ.
ހުއްދަނެތި ހަތިޔާރާއެކު މިސަރަހައްދަށް އަރައިގަތުމަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ފާޅުގައި ގޮންޖެހުމެވެ. މިފަދަ އަރައިގަތުމުގެ ފަހަތުގައިވާ ސަބަބުތަކާމެދު ސުވާލު އުފެދެ އެވެ.
ނަތީޖާއާއި ނުރައްކާތައް:
ޑިޕްލޮމެޓިކް ފޯލްއައުޓް: މި ބާވަތުގެ ހާދިސާތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ގޯސްވެދާނެ އެވެ. ރާއްޖެއިން މިކަމުގައި ޖަވާބު ހޯދަން އިންޑިއާ ސަރުކާރުން އެދުމުންވެސް އެކަމުގެ ޖަވާބެއް އަދި އަދާހަމަޔަށް ނުލިބެއެވެ. މިއީ ޖަވާބުދާރީ ވާންޖެހޭ ކަމެކެވެ. ޖަވާބު ލަސްވުމުން އެނގެނީ މި ސަރަހައްދުގައި ޑިޕްލޮމެޓިކް ފިތުނަވެރިކަމުގެ ބިރުވެރިކަން ބޮޑުވެގެންދާނެ ކަމެވެ.
ސަލާމަތީ ކަންބޮޑުވުންތައް:
މި ކަނޑުގެ ސަރަހައްދުގައި ހަތިޔާރު އެޅި ސިފައިން ތިބުމުން ސަރަހައްދުގެ ޖުމްލަ ސަލާމަތާއި ހަމަޖެހުމާ މެދު ސުވާލު އުފެދެއެވެ. ދުނިޔޭގެ އެހެން ސަރަހައްދު ތަކުގައި މިފަދަ މައްސަލަތައް ފަހުގަޑީގައި ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކާއި ކުރިމަތިވެފައި އެބަހުއްޓެވެ. މިސާލަކަށް:
1. ކްރައިމިއަން ޕެނިންސުލާ:
2014 ވަނަ އަހަރު ރަޝިޔާއިން ކްރައިމިއާ އަށް އެރީ، އިސްތިގުލާލީ ސަރަހައްދުތަކުގައި ހުއްދަ ނެތި އަސްކަރީ ފައުޖުތައް އެއްކޮށްގެންނެވެ. މިއީ ދުރުރާސްތާގެ ނަތީޖާތަކުގެ ވަރުގަދަ މިސާލެކެވެ.
2. ޔޫކްރޭންގެ ކަނޑުގެ ސަރަހައްދުގައި ރަޝިޔާގެ ކަނޑުގެ ސިފައިން (2018):
ހާދިސާ އާއި ނަތީޖާ: ރަޝިޔާގެ ކަނޑުގެ އުޅަނދުތަކުން ޔޫކްރޭންގެ ބޯޓުތައް އަތުލައިގަނެ، ކަޅު ކަނޑާއި އަޒޯވް ކަނޑުއޮޅި ގުޅުވައިދޭ ތަނުގައި މަސްވެރިކަންކުރަން ތިބި ބަޔަކު ހިފެހެއްޓި އެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި ޔޫކްރޭނާ ދެމެދު އުފެދުނު ފިތުނަތައް އިތުރުވިއެވެ. އެހެންކަމުން މިއީ ކަނޑުގެ ބޯޑަރުތަކުގެ ނާޒުކުކަމާއި ޖިއޮޕޮލިޓިކަލް ކުރިމަތިލުންތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވޭ ކަމެކެވެ.
3. ދެކުނު ޗައިނާ ކަނޑުގެ މައްސަލަތައް:
އެކި ގައުމުތަކުން ވަކި ސަރަހައްދުތަކަށް ދައުވާކުރާ ދެކުނު ޗައިނާ ކަނޑުގައި ހިނގަމުންދާ މައްސަލަތަކުން ވާދަވެރި ކަނޑުގެ ސަރަހައްދުތަކާ ގުޅިފައިވާ ކޮމްޕްލެކްސިޓީތަކާއި ނުރައްކާތައް ހާމަވެގެންދެއެވެ.
4. އިނގިރޭސިވިލާތުގެ ޓޭންކަރު އީރާނުން އަތުލައިގަތުން (2019): ހާދިސާ އާއި ނަތީޖާ: އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިނގިރޭސި ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ސްޓެނާ އިމްޕެރޯ ހޮރްމުޒް ކަނޑުއޮޅިން އަތުލައިގަތެވެ. މި ހާދިސާގެ ސަބަބުން ސްޓްރެޓެޖިކް ގޮތުން މުހިންމު ކަނޑުގެ ސަރަހައްދުގައި، ޖިއޮޕޮލިޓިކަލް މައްސަލަތަކަށް ބައިނަލްއަގްވާމީ ޝިޕިން ލޭންތަކަށް އިތުރު ނުރައްކާ ހާމަވެގެން ދިޔައެވެ.
5. ތުރުކީގެ ގްރީކް ކަނޑުގެ ސަރަހައްދުގައި ގޭސް ހޯދުމުގެ މަސައްކަތް (2020):
ތުރުކީން ގޭސް ހޯދަންވެގެން ހުއްދައެއްނެތި ގްރީސް އާއި ސައިޕްރަސްގެ ކަނޑުތަކަށް ސަރވޭކުރަން އުޅަނދުތައް ފޮނުވުމުން އިރުމަތީ މެޑިޓެރޭނިއަން ކަނޑުގައި ބޮޑެތި ދެބަސްވުންތައް އުފެދުނެވެ. މި ހާދިސާއަކީ ކަނޑުގެ ވަސީލަތްތައް މުއްސަނދި ސަރަހައްދުތަކާ ގުޅިގެން މައްސަލަތައް އުފެދިދާނެ ގޮންޖެހުންތަކުގެ މިސާލެކެވެ.
6. އިންޑޮނޭޝިއާ އިން ވިއެޓްނާމްގެ މަސްވެރި ދޯނިތަކާއި ދިމާކުރުން (2021):
ހާދިސާ: އިންޑޮނޭޝިއާ އާއި ވިއެޓްނާމުގެ މައްސަލަ ޖެހިފައިވާ ކަނޑުގެ ސަރަހައްދުވައި މަސްވެރިކަން ކުރަމުންދިޔަ ވިއެޓްނާމުގެ މަސްދޯނިތަކާއި އިންޑޮނޭޝިއާ ސިފައިން ދިމާކުރިއެވެ. ބަޑިވެސް ޖެހިއެވެ. އަދި ދޯނިތައް އަތުލައިގަތެވެ. މި ހާދިސާގައި ކަނޑުގެ ސަރަހައްދުތައް ތަންފީޒުކުރުމުގެ ކޮމްޕްލެކްސިޓީތަކާއި ސަރަހައްދީ މައްސަލަތައް ބެލެހެއްޓުމުގައި ހުރި ގޮންޖެހުންތައް ހާމަވެގެންދެއެވެ.
އިންޑިއާގެ މަނަވަރެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ތިން މަސް ދޯންޏެއް ހިފަހައްޓައި އެ ދޯނިތަކަށް ފުރަތަމަ އަރާފައި ވަނީ ޖެނުއަރީ 31 ގެ މެންދުރުގެ ވަގުތެއްގަ އެވެ. އެ ދުވަހު ހުރިހާ ދޯނިތަކެއް ބަލައި ފާސްކޮށް މީހުންނާ ސުވާލު ކުރުމަށް ފަހު އެމްއެންޑީއެފްގެ ކޯސްޓް ގާޑު އެ ދިމާލަށް ފޯރުމުގެ ކުރިން އިންޑިއާ ސިފައިން ހިނގައްޖެ އެވެ.
ދިވެހި މަސްވެރީންނަށްވެސް މިއަދު ކުރިމަތިލާން ޖެހިފައިވަނީ މިފަދަ ކަމަކާއެވެ. އެހެންކަމުން، ރާއްޖޭގެ ބިމާއި އާބާދީ އަކީ ކުޑަ ސައިޒެއް ނަމަވެސް، މިއީ ޒަމާނުއްސުރެ މިނިވަން ދައުލަތަކަށް ވެފައި، އިސްތިގުލާލާ ހިލާފުވާ ބޭރުގެ ކޮންމެ ފަރާތަކުން ވެސް ރަސްމީކޮށް މައާފަށް އެދެން ޖެހޭނެ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ އެތައް އަހަރަކަށް އަހަރުގެ މިނިވަންކަން އޮތް ކަމުގައި ވިޔަސް އެމިނިވަންކަން ގެއްލިދާނެއެވެ.
އެއްފަހަރަށްވުރެ ގިނަފަހަރު މިނިވަންކަން ގެއްލުނު ބައެއް ގައުމުތައް:
ޕޮލެންޑް:
މިނިވަންކަން ގެއްލުނު މުއްދަތުތައް: 1772، 1793، އަދި 1795 ވަނަ އަހަރު.
ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު (1939–1945) ހިސާރުކުރިއެވެ.
އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ (ބާލްޓިކް ސްޓޭޓްސް):
މިނިވަންކަން ގެއްލުނު ދުވަސްވަރު: 1940 ވަނަ އަހަރު ސޯވިއެޓުން ހިފައި، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުން ހިފައި، އޭގެ ފަހުން 1991 ވަނަ އަހަރާ ހަމައަށް ސޯވިއެޓުން އަނެއްކާވެސް ހިސޯރުކުރިއެވެ.
ޗެކް ރިޕަބްލިކާއި ސްލޮވާކިއާ (ކުރިން ޗެކޯސްލޮވާކިއާ):
މިނިވަންކަން ގެއްލުނު ދުވަސްވަރު: 1939 ވަނަ އަހަރު ނާޒީންގެ އިސްތިއުމާރުގެ ދަށުން ރޫޅިގެން ދިއުން؛ ޗެކް ރިޕަބްލިކާއި ސްލޮވާކިއާ ބައިބައިވީ 1993 ވަނަ އަހަރު އެވެ.
ކޮރެއާ:
މިނިވަންކަން ގެއްލުމުގެ މުއްދަތުތައް: 1910 ވަނަ އަހަރު ޖަޕާނުން.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު 1945 ވަނަ އަހަރު އުތުރާއި ދެކުނު ކޮރެއާއަށް ބައިބައިވިއެވެ.
ވިއެޓްނާމް:
މިނިވަންކަން ގެއްލުނު ދުވަސްވަރު: 19 ވަނަ ގަރުނުގެ ފަހުކޮޅު ފްރާންސް އިން އިސްތިޢުމާރު ކުރިއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުން ހިފިއެވެ. އެއަށްފަހު ހަނގުރާމައަށްފަހު އަނެއްކާވެސް ފްރާންސުން އަލުން އިސްތިޢުމާރު ކުރިއެވެ.
އެހެންކަމުން މިއަދު ދިވެހިން އެއްބައިވެ އެންމެން އެކަތިގަނޑަކަށް ނުވެއްޖެނަމަ ގައުމު ދާނީ ފަހަތަށެވެ. ސޮއްސާލާ ބޮނޑީގައި ދިވެހިންގެ މިނިވަން ދިދަ މިނިވަންކަމައެކު ވިހުރޭ މަންޒަރުގެ މައްޗަށް ކަޅު ވިލާގަނޑެއް އައިސްފިނަމަ މީގެ ކުރިން ނުފެންނަ އިތުރު ގޮންޖެހުންތަކާ ގައުމު ކުރިމަތިލާން ކެހޭނެއެވެ. މިހާރު ކަނޑުގެ ސަރަހައްދުގައި ހިނގާ މި ހާދިސާ ތަކަކީ ގައުމުގެ ދިފާއީ ގާބިލްކަމާއި ޑިޕްލޮމެޓިކް ސްޓްރެޓެޖީތައް ވަރުގަދަ ކުރުމަށް ހޭއަރަންވީ ވަގުތެވެ. ސަރަހައްދީ ގައުމުތަކާ އެކުވެރިވެ އެއްބައިވަންތަކަން އެންމެ މަތީ ދަރަޖައަށް ފުޅާކުރަންވީ ވަގުތެވެ. މިކަންކަން ނުވެ، އަދި އެތެރޭގެ ހަމަޖެހުން ކޮންޓްރޯލްނުވެ ބޭރަށް "ފަޅައިގެން" ދާވަރު ވެއްޖެ ނަމަ ރާއްޖެ އޮންނާނީ ކަޅު ވިލާގަނޑެއްގެ ދަށުގައި ފިތިފައެވެ.
"އެ މީހުން ތިބީ އަހަރުން ގަޔާ ދިމާލަށް ބަޑި ދިއްކޮށްގެން. ގައިގަ ބަޑި ޖެހޭ ހިސާބުގައި. އަހަރެން ބުނިން އެއްބާރުލުން ވެސް އެބަ ދެމެއް ނޫން ހޭ. ދިވެހިންގެ ކަނޑުގަ ކުށްވެރިންނަށް ހަދައިފި. އެ މީހުން ދިޔައީ ބިރު ދައްކަމުން." ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އައި "މާހޯރަ-3" ދޯންޏަށް އިންޑިއާ ސިފައިން އަރައި ކަންކަން ހިނގައި ދިޔަ ގޮތް "މިހާރު ނޫހަށް" އަށް ކިޔައިދެމުން އެ ދޯނީގެ ކައްޕި އިބްރާހިމް ރަޝީދު ބުންޏެވެ.