ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕާޓީން ވަކި ކޮށްފި ނަމަ ރިކޯލް ވޯޓަކަށް!
އަލީ ރާޒީ
22 ފެބުރުއަރީ 2024 - 19:25
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުން އިންތިހާބުވާ ޕާޓީ ބަދަލު ކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.
މީގެ ކުރިން ގާނޫނަކަށްވެ، ނަމަވެސް ފަހުން އުވާލާފައިވާ އެންޓި-ޑިފެކްޝަން ގާނޫނު ވުޖޫދުކުރަން ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ބަދަލުތަކަކާ އެކީ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ މި ބިލު ހުށަހެޅީ ވަރަށް ބުރަ މަސައްކަތުން ވަކި ޕާޓީއަކުން އިންތިހާބު ކުރާ މެމްބަރަކު އެހެން ޕާޓީތަކަށް ބަދަލުވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ބިލު މަޖިލީހުގެ ތަޅުމަށް ގެނެވިފައި ނުވަނީ މަޖިލީހުގެ އިދާރާ އިން އެ ފުރުސަތު އަދި ފަހިކޮށްދީފައި ނުވާތީ ކަމަށް ބިގޭ ވިދާޅުވި އެވެ.
މި ބިލުގައި ހިމެނޭ ބައެއް ކަންކަމުގެ ތަފްސީލުތައް ހާމަކުރައްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ މެމްބަރަކު އިންތިހާބުވާ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ މެމްބަރު ކަމުން އިސްތިއުފާ ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި މެމްބަރަކު ވަކިކުރަން ޕާޓީން ނިންމާ ހާލަތުގައި އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރު ނިސްބަތްވާ ދާއިރާއެއްގެ ރައްޔިތުންގެ ކައިރީގައި އެ މެމްބަރު އިތުރަށް އެ ގޮނޑީގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން ވޯޓެއް ނަގަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މިހާރު ބިލު ފަރުމާ ކުރެވިފައި ވާނީ ސިޔާސީ ޕާޓީތަކުގެ މައްޗަށް މެމްބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަށް އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލުތަކެއް ގެނެވޭނެ ފަދަ ގޮތަކަށް ކަމަށެވެ.
މި ބިލު މަޖިލީހުގެ ތަޅުމަށް ގެނައުމުގައި އިދާރީތަކެއް ހުރިކަން ފާހަގަކުރައްވަމުން ހިސާން ވަނީ އެ ކަންކަން ހައްލުކުރަން މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ލީޑަޝިޕުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.
"ސިޔާސީ ޕާޓީތަކުގެ މެއްޗަށް މެންބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަކަށް ނަމަވެސް ރައްޔިތުންގެ މި ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،" ހިސާން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެ ބިލު ފާސްކޮށްފައި ވަނީ އަވަސް އަރުވާލައިގެން، އެންމެ ހަ މާއްދާއެއްގެ މައްޗަށެވެ. ނަމަވެސް، ފުރިހަމަ ބިލެއް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ19 މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ދައުރު ނިމެން ކައިރި ވެފައި ވަނިކޮށް މި ބިލު މަޖިލީހަށް ހުށަހެޅިއިރު އެމްޑީޕީގެ ސުޕަ މެޖޯރިޓީ މިހާރު އޮތީ ގެއްލިފަ އެވެ.
އެންމެ ފުރަތަމަ 13 މެމްބަރަކު އެޕާޓީން ވަކިވީ ދަ ޑިމޮކްރެޓްސް ޕާޓީއަށް ދިއުމަށެވެ. ފަހުން އިތުރު 13 މެމްބަރުން ދާދި ފަހުން ވަނީ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ދުވަސް ކުރިން
0
ބަހަނާ ނުދައްކާ މާލީ އިސްލާހުތައް ގެނައުން އަވަސްކުރޭ
11 ދުވަސް ކުރިން
0
މާލީ ބަޣާވާތާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ މީހުން ފުލުހުން ދެނެގަންނަނީ
12 ދުވަސް ކުރިން
0
އެމްޑީޕީ އަކީ ބަޣާވާތް ކުރާ ބައެއް ނޫން: ފައްޔާޒު
12 ދުވަސް ކުރިން
0
ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންޑިއާއިން 300 މެޓުރިކް ޓަނުގެ ކާގޯ ހިފައިގެން ބޯޓެއް ހިތަދޫ ޕޯޓަށް
12 ގަޑިއިރު ކުރިން
0
ގައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ
12 ގަޑިއިރު ކުރިން
0
ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އުސޫލުގެ ތެރެއިން ނައްތާލާފައިވާ އުޅަނދުތަކެއް: ފުލުހުން
12 ގަޑިއިރު ކުރިން
0
ރައީސްގެ އެންގެވުން ފުރިހަމައަށް ފުލުހުން ތަންފީޒުކުރާނެ: އިހުސާން
21 ގަޑިއިރު ކުރިން
0