
ނިލަންދޫ ދާއިރާގައި ހިމެނޭ ފ. ދަރަނބޫދުގައި ބެހެއްޓި ވޯޓު ފޮށިން ސައުދާ އަށް ލިބުނީ 193 ވޯޓެވެ. އަދި އަހުމަދު ރަޝީދަށް ލިބުނީ 53 ވޯޓެވެ. މިއީ އެންމެ ގިނައިން ވޯޓު ލައިފައިވާ ދެ ފޮއްޓެވެ. އެހެން ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށް އިއުލާން ނުކުރިޔަސް، އޮބްޒާވަރުން ބުނަނީ ދެން ހުރި ވޯޓު ފޮށިތަކުން ސައުދާ އަށް ސާފު އަގުލަބިއްޔަތެއް ލިބިފައިވާ ކަމަށެވެ.ނިލަންދޫ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 1950 މީހުން ތިބެ އެވެ. އެ ދާއިރާ އަށް 72 ވޯޓު ފޮށި ބަހައްޓާފައި ވެ އެވެ.