ޚަބަރު
ނުރްއައިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިފި
ނޫރްއައިން
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އޮފިޝަލަކު "ހޯރަ"އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އެ މަގާމަށް ނޫރްއައިން އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ޔަގީނެއް ނުވެ އެވެ. މިކަމުގައި އޭނާ އަދި ކޮމެންޓެއް ނުކުރައްވަ އެވެ.

އެމްއެމްޕީއާރްސީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ. ނޫރްއައިން އަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އޭނާ ވަނީ އެކައުންޓިން ދާއިރާގެ ގިނަ ވަޒީފާތަކެއް ނިއުޒިލެންޑްގައި އަދާކުރައްވައިފަ އެވެ. 

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު