ވިޔަފާރި
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ޝިއުރީ
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ޝިއުރީ އައްޔަންކޮށްފި އެވެ.

ޓީޓީ އެސޯސިއޭޝަންގެ ނައިބް ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ޝިއުރީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މިއަދު އެވެ.

ޝިއުރީ އަކީ ވޯލްޑްގެ ބޭންކްގެ ބައެއް ޕްރޮޖެކްޓްތަކާއި ރާއްޖޭގެ ބައެއް ޑޮމެސްޓިކް އެއާޕޯޓްތަކުގެ ޕްރޮޖެކްޓްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝިއުރީ މީގެކުރިން ވަނީ ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފަ އެވެ. 

މި ސަރުކާރުން އެމްއެމްޕީއާރުސީގެ މަގާމަށް ފުރަތަމަ އައްޔަންކުރީ ފާތިމަތު ތައުފީގު އެވެ. އެ މަގާމު ހުސްވީ މެއި 22ގައި ރައީސް މުހައްމަދު މުއިއްޒު އޭނާ އެ މަގާމުން ވަކިކުރުމުންނެވެ.

އޭރު އެ ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އޭގެ ކުރިން އެކުންފުނީގެ ޗެއާމަން ނޫރައިން ޖަނާހުވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އެކުންފުނީގެ ބޯޑުގައި ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ މަޓީ ތަމްސީލު ކުރައްވާ ރާފިލް މުހައްމަދު ވެސް މިދިޔަ މަހުު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވަގުތީ ގޮތުން އެމްޑީގެ މަސްއޫލިއްަތާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު