ޚަބަރު
އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ކުޑީ ވަކިކޮށްފި
އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ރައީސް މުހައްމަދު މުއިއްޒު މިއަދު ވަކިކުރައްވައިފި އެވެ. 

ފާތިމަތު ތައުފީގު އެ މަގާމުން ވަކިކުރިކަން ސަރުކާރުގެ  އޮފިޝަލަކު "ހޯރަ" އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ. ކުޑީ އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގަ އެވެ. 

ފާތިމަތު ތައުފީގު އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރްއައިން ޖަނާހު ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ އިސްތިއުފާ ދެއްވާ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގް މިއަދު ވަކިކުރި އިރު، އެ ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު