އެމްއެމްޕީއާރުސީގެ ހިންގުން ޑީއެމްޑީ ބައްސާމާ ހަވާލުކޮށްފި
މަރިޔަމް އަނާ
23 މެއި 2024 - 14:58
0 comments
އެމްއެމްޕީއާރުސީ ހިންގުން ހަވާލުކުރި ބައްސާމް - ފޮޓޯ: އެމްއެމްޕީއާރުސީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިންގުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ބައްސާމު އާދަމް އާ ހަވާލުކޮށްފި އެވެ.ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެމްޕީއާރްސީގެ ހިންގުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ބައްސާމު އާދަމްއާ މިއަދުން ފެށިގެން ވަގުތީ ގޮތުން ހަވާލުކޮށްފައިވާ ކަމަށެވެ.އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަައިޝާ ނޫރައިން ނަޖާހު ވަނީ އަންގާރަ ދުވަހުގެ ރޭ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ އިސްތިއުފާއަށް 24 ގަޑިއިރު ނުވަނީސް އިއްޔެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން ފާތިމަތު ތައުފީގު (ކުޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ.އަދި، އެ ކޯޕަރޭޝަންގެ ބޯޑު މެމްބަރު ރާފިލް މުހައްމަދު ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާދެއްވައިފަ އެވެ.ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއްވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.ނަމަވެސް، މިނިސްޓަރު ފައިސަލް ވަނީ އެ ތުހުމަތު ދޮގުކުރައްވައިފައެވެ.
ކިޔުންތެރިންގެ ޝުއޫރު