ވިޔަފާރި
އެއާ ސާވިސް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކުރުން -- ފޮޓޯ: ދިރާގު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބާއްވާ ހަތް ވަނަ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހޯސްޓްކުރާ މި ކޮންގްރެސް އޮންނާނީ ޖުލައި ނުވަ ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ 200 އަށްވުރެ ގިނަ ބޭފުޅުން މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ. 

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒް ވިދާޅުވީ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ފުރުސަތު ލިބުމުން އުފާވާ ކަމަށާއި، އިވެންޓަށް ދޭން ޖެހޭ ފުރިހަމަ ސަޕޯޓު ދޭނެ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ދިރާގުން މި ކޮންގްރެސްއަށް ސަޕޯޓުދީ މިކަމުގައި ބައިވެރިވުމުން ޝުކުރު އަދާކުރާ ކަމަށެވެ.

ދިރާގުން އަބަދުވެސް މިކަހަލަ އިވެންޓުތަކަށް ދޭން ޖެހޭ އެއްބާރުލުންދެ އެވެ. މިގޮތުން ކުޅިވަރުގެ ދާއިރާ އާއި އެކި ކޮމިއުނިޓީތަކަށް ވެސް އަބަދު އެހީތެރިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު