ޚަބަރު
ދިރާގުން ފަލަސްތީނަށް 3 ލައްކަ ރުފިޔާ ހަދިޔާކޮށްފި
ފަލަސްތީނާ އެކު ދިވެހިން ޓެލެތޯނަށް ދިރާގުން ފައިސާ ހަދިޔާކުރުން - ފޮޓޯ: ދިރާގު
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯން އަށް ދިރާގުން އިން 300،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އިއްޔެ ފެށި އެ ޓެލެތޯންގައި ދިރާގުން 300،000ރ. ފަލަސްތީން ރައްޔިތުންނަށް ހަދިޔާކޮށްފައި ވާއިރު، މިދިޔަ އަހަރު ވެސް ފަލަސްތީނަށް އެހީވާ އެކިއެކި ފަންޑުތަކާއި ކަންކަމަށް ހަމަ އެ އަދަދަށް އެ ކުންފުނިން ފައިސާ ހަދިޔާކޮށްފައިވެ އެވެ. 

އިއްޔެ ހެނދުނު 8:00 އިން ރޭ ދެންވަރު 12:00 ހަމައަށް ކުރިއަށް ގެންދަން ނިންމި ޓެލެތޯން އެ ވަގުތަށް ނިންމައިލި އިރު، ލިބިފައި ވަނީ ޖުމްލަ 13.6 މިލިއަން ރުފިޔާ އެވެެ. މީގެ ތެރޭގައި ހިމެނެނީ 13،133،927ރ. އާއި 33،693.42 ޑޮލަރެވެ. ނަމަވެސް މިއަދު ހަވީރު 6:00 އާ ހަމައަށް ޓެލެފޯން ފަންޑަށް ހަދިޔާ ކުރުމުގެ ވަގުތު އިތުރު ކުރަން ނިންމުމާ ގުޅިގެން ރޭ ދަންވަރު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި ޓެލެތޯން އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް އިއްޔެ ހެނދުނު 8 އިން ދަންވަރު 12 އަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.

ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ރުފިޔާ އާއި ޑޮލަރުން ވެސް ފައިސާ ހަދިޔާކުރެވޭނެ އެވެ. ރުފިޔާ އިން ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ.

ޓެލެތޯނަށް ވަރަށް ގިނަ ފަރާތްތަކުން ފައިސާ ހަދިޔާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކާއި އެކިއެކު މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން އަމިއްލަ ފަރުދުން ވެސް ހިމެނެ އެވެ.

މި ޓެލެތޯނުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްޠީނަށް ހަދިޔާ ކުރަން ނިންމާފައި ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔޫއެންގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" މެދުވެރިކޮށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު