ވިޔަފާރި
ދިރާގުން ޔޫރޯ އާއި އީދަށް މުޅިން އާ އޮފަތަކެއް ލޯންޗުކޮށްފި
ހޮނިހިރު ދުވަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށް ދިރާގުން ފަށާ "ފުޓުބޯޅަ އީދު" ކެމްޕެއިން ލޯންޗުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ ދިރާގުގެ ކަސްޓަމަރުން ފަސޭހަކަމާއެކުގައި ޔޫރޯ ފުޓްބޯޅަ ބެލޭނެ ތިން ޕްރޮމޯޝަނެއް ލޯންޗުކޮށްފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ސޮނީ ލިވްއާ ޕާޓްނާވެ ރަނގަޅު އޮފާތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރި ކަމަށް ޝާރިހު ވިދާޅުވިއެވެ.

"އެގޮތުން މި ހާއްސަ ޕްރޮމޯޝަންތަކާ އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަދި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" ޝާރިހް ވިދާޅުވި އެވެ.

ޔޫރޯ 2024އާ ގުޅުވައިގެން ދިރާގުން ހާއްސަ ތިން ޕްރޮމޯޝަނެއް ލޯންޗުކުރުމަށް ހަމަޖެހިފައިވެ އެވެ.

ސޮނީ ލިވް ޕްރިމިއަމް އެކްސެސް:

* ޔޫރޯ 2024ގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވް ޕެކާ އެކު 80ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024ގެ އޮފިޝަލް ސްޓްރީމިން ޕާޓްނަރު، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް 80 ރުފިޔާއަށް ލިބޭނެ އެވެ.
* 60 ރުފިޔާއަށް ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއްވެސް ހޯދޭނެ އެވެ.
* ދިރާގުން އާ ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ. އަދި އައު ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ.

މެޗް ޕާސް:

30 ރުފިޔާއަށް 30ޖީބީ ލިބޭ ޚާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެ އެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރު އެވެ.

ޖެހީ ލިބުނީ ޖީބީ:

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެ މީހަކު ސަޕޯޓް ކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1 ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެ އެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރަޖިސްޓާ ކުރެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރަޖިސްޓާ ކުރެވޭނީ އެއް ފަހަރު އެވެ.

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ ދެ އޮފައެއްވެސް ތައާރަފްކޮށްފަ އެވެ.

އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް:

އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ 7 ދުވަސް ޕެކާ އެކު އިތުރު 50ޖީބީ (ޖުމްލަ 150ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. 22 ޖޫން 2024 ގެ ނިޔަލަށް މި އޮފަރ ކުރިއަށްދާނެއެވެ.

ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަ:

ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާތަކާ އެކު އިތުރު ޑޭޓާ ލިބޭނެ އެވެ. މި އޮފަ ކުރިއަށް ދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މުޅިން އާ، ހިތްގައިމު އޮފާތަކެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށް ޝާރިހް ވިދާޅުވި އެވެ. އެގޮތުން މި ޚާއްސަ ޕްރޮމޯޝަންތަކާއި އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަދި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާއެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި ދިރާގާއި ގުޅިގެން މާލެ އަދި ވިލިމާލޭގައި އަޟްހާ އީދާއި ދިމާކޮށް ހަރާކަތްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ދިރާގުން ވަނީ ނިންމާފައެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ދިރާގު އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށްފަހު މާލެ އާއި ވިލިމާލޭގެ އާޓިފިޝަލް ބީޗުގަ އެވެ. މިއީ ދިރާގު އީދު ބޮނޑިބަތް ވިލިމާލޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އެޗްޑީސީ އާއި ދިރާގާ ގުޅިގެން އީދު ޝޯއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ. މި ޝޯގެ ތެރޭގައި ހާއްސަ ގުރުއަތުލުމެއް ބާއްވައި ޓެސްލާގެ ނަސީބުވެރިޔާ ބެލުމާއި ހަވާލު ކުރުންވެސް އެ ޝޯގެ ތެރެއިން ދާނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު