ޚަބަރު
ނާޒިމް 80 ވޯޓުން މަޖިލީހުގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފި
ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް. ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް އިންތިހާބުވެފައި
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިހާބުކޮށްފި އެވެ.

މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި ނާޒިމް އާ ވާދަކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ނެގި ވޯޓުގައި:

  • ނާޒިމް އަށް ލިބިވަޑައިގަތީ 80 ވޯޓް

  • އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓް


މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އަހުމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެ ނަންފުޅަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއީދު ކުރައްވާފައެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މި އިންތިހާބުގައި މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުވެވަޑައިގެންނެވީ ވޯޓުންނެވެ. ނައިބު ރައީސަކަށް ނާޒިމް އިންތިހާބުވެވަޑައިގެންނެވީ ވޯޓުންނެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުވެވަޑައިގަތުމާއެކު ވިހިވަނަ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސެވެ. ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސެވެ.


ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު