ޚަބަރު
ޗެމްޕިއަންސް ލީގު ފައިނަލް ބަލަންދާން ހޮވި ނަސީބުވެރިޔާ ފުރައިފި
ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)ގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ފުރުސަތު ލިބުނު ނަސީބުވެރިޔާ ފުރައިފި އެވެ.

އެ ނަސީބުވެރި ފަރާތަކީ މުޙައްމަދު މުހުދިން (ހުސްނޫވިލާ، މަރަދޫ އައްޑޫ ސިޓީ) އެވެ.  

މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ދީފައި ވެއެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށް ބީއެމްއެލް އިން ދީފައި ވެއެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު