ޚަބަރު
20 ޖޫންވާ ބުރާސްފަތި ބަންދުކޮށް އީދު ބަންދު ދިގުދަންމާލައިފި
މި އަހަރުގެ އަޟްހާ އީދު ދުވަސް މި މަހުގެ 16 އަށް އަވަސް ވުމާ ގުޅިގެން މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 20 ޖޫންވާ ބުރާސްފައްޗަކީ ބަންދު ދުވަހެއްގެ ގޮތުގައި ބަލައިގެން ގިނަ މުވައްޒަފުން އީދު ބަންދުގައި ރާއްޖެއިން ބޭރަށާއި ރާއްޖޭގެ ރަށްރަށަށް ދަތުރުތައް ހަމަޖައްސާނެތީއާ އެކު، 20 ޖޫންއަކީ ސަރުކާރުގެ އޮފީސްތައް ހުޅުވާ ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށެވެ.

"ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެނިވަޑައިގަންނަވާނެތީވެ، ޖޫން 20ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ހަމައްސަވައިފި އެވެ،" ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއިކުރައްވާފައިވާ ދެންނެވުމެއްގައިވެ އެވެ.

މި ނިންމުމާއެކު އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ ކުރިން ވެސް އޮތް ގޮތަށް ޖޫން 23، ވާ އާދިއްތަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު