ޚަބަރު
މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރު އިއުލާނުކޮށްފި
މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ކޮންގްރެސް ޕާޓީގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުގެ ހުންނަންވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ [ކޮންގްރެސް ޕާޓީ] ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ އިތްޒަތްތެރި މެންބަރު އިބްރާހިމް ފަލާހު ކަމުގައި އިއުލާން ކުރަން، އަދި މައިނޯރިޓި ލީޑަރަކީ ދެވަނައަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލް، ކުރާ ޕާޓީ، ދިވެހި ރައްޔިތިންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އިތްޒަތްތެރި މެންބަރު އިބްރާހިމް ނާޒިލް ކަމުގައި އިއުލާން ކުރަން"  ދެ ނަން އިއުލާނު ކުރައްވަމުން މަޖިލިސް ރައީސް އަބްދުއް ރަހީމް ވިދާޅުވި އެވެ:

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިހާބަށްފަހު، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށް ކާމިޔާބުކުރި ބައެއް ބޭފުޅުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. މިހާރު މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިބޭނެއެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިބޭނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ މެންބަރެއް މަޖިލީހުގައި އިންނާނެއެވެ. އަދި އަމިއްލަ 2 މެންބަރުން ތިބޭނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު