ޚަބަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު ބަލައިގަނެ 241 ކޮމިޓީއަށް
އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ، އެ ބިލް ދިރާސާ ކުރަން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ 241 ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރުން މަނާކުރަން ގާނޫނު އިސްލާހުކުރާ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ، އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް ނަސީމެވެ.

މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރުވަނަ ޖަލްސާގައި އެ ބިލަށް ބަހުސްކުރިއިރު، ޕީއެންސީ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އެ މައްސަލަ ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކުރަން ގޮވައިލާ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ ތާއީދުކުރައްވާފަ އެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 88 މެންބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުންވެސް ވަނީ ނިންމަވާފައެވެ. އިއްޔެ ސަރުކާރުން ވިދާޅުވިގޮތުގައި އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަަނާ ކުރުމަށްޓަަކައި ސަރުކަރުން ކުރަން ޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުހަައްމަދު މުއިއްޒު ވަނީ އަންގާވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު