ދުނިޔެ
އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން ރައީސް މަގާމުގެ ހުވައި ކުރައްވައިފި
އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތު
އީރާނުގެ އިންތިހާބީ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައިކުރައްވައިފި އެވެ.

އުމުރުފުޅުން 69 އަހަރުގެ ޕެޒެޝްކިއާން ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވީ މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ދުނިޔޭގެ 80 ގައުމަކުން އެ ގައުމުތަކުގެ އިސްވެރިންގެ ފެންވަރުގައި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވެއެވެ.

އިރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ފުރުއްވި މަސްއޫދު ވަނީ 2008 އިން ފެށިގެން ތަބްރޭޒްގެ މަޖިލިސް މެންބަރެކެވެ.

މީގެއިތުރުން އޭނާ ވަނީ 2016 އިން 2020 ގެ ނިޔަލަށް މަޖިލީހުގެ ނައިބްރައީސްކަން ވެސް ފުރުއްވާފަ އެވެ.

އިރާނުގެ ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ މެއި މަހު ރައިސީ ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓި، އެމަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު