ޚަބަރު
އިނގިރޭސިވިލާތަށް ދާ ދިވެހިން ސަމާލުވާން އެދެފި
އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީ އިން މިއަދު ބުނީ، މުސްލިމުންނާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުން އަންނަ ކަމަށެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އެ ހާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން، ހާއްސަކޮށް ސައުތްޕޯޓާއި އެތާނގެ ވަށައިގެންވާ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހާލަތަށް ސަމާލުވެ އެންމެ ފަހުގެ މައުލޫމާތު ހޯދައި އަމިއްލަ ރައްކާތެރިކަމަށް އިސްކަން ދިނުމަށް ވެސް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން ކަމަށް ވެސް ބުންޏެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު ((44)02072242135) އަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.

ސައުތުޕޯޓުގައި ދިން ހަމަލާގައި ތިން ކުދިން މަރާލުމުގެ ކުދިން އަށް ކުޑަކުދިންނާއި ދެ މީހުން ވަނީ ޒަހަމްކޮށްލާފަ އެވެ. އެ ހަމަލާ ދިނީ މުސްލިމެއް ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރުނު ނަމަވެސް އެއީ ސައްޙަ މައުލޫމާތެއް ނޫނެވެ. ނަމަވެސް އޭގެ ފަހުން މުސްލިމުންނާއި ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު