ޚަބަރު
މާލޭގެ އިންތިހާބީ ތިން ކައުންސިލަރުން ހުވާކުރައްވައިފި
މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮނޑިއަށް އިންތިހާބުވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މާލެ ސިޓީގެ ތިން ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބައި-އިލެކްޝަން ބޭއްވީ މިދިޔަ ޖުލައި 20 ވަނަ ދުވަހު އެވެ.

މިއަދު މަގާމުގެ ހުވާކުރެއްވި ތިން ބޭފުޅުންނަކީ:

  • ފާތިމަތު ޝައުފާ: ހެންވޭރު ހުޅަނގު ދާއިރާ

  • ފާތިމަތު އިޝާން އަލީ: މައްޗަންގޮޅި މެދު ދާއިރާ

  • އަލީ އައިމަން: ހުޅުމާލެ ދާއިރާ

މި ތިން ދާއިރާގެ ގޮނޑިވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ކައުންސިލަރުން ހުވާކުރެއްވީ ހ. މާގިރީގައި މިއަދު ހާއްސަ ރަސްމިއްޔާތެއްގައެވެ. ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އެވެ.

އެ ރަސްމިއްޔާތުގައި ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ކައުންސިލުތަކާއި އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 25 އަހަރުގެ މުއްދަތަކަށް ކައުންސިލުތަކަށް ފަޅު ރަށެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު