ޚަބަރު
މާފަންނު ސަހަރާ ކޮނެ، ސާފު ކުރަން ނިންމައިފި
މީގެ ކުރިން މީހުން ވަޅުލުމަށް މާލޭގައި ބޭނުންކުރި މާފަންނު ސަހަރާ --
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި މާލޭގެ މައި މަގު ކަމަށްވާ މަޖީދީ މަގަށްވާ ގޮތަށް އޮންނަ މާފަންނު ސަހަރާ އިން ހުސްކުރަން ހަމަޖެހިފައި ވަނީ 36،153 އަކަފޫޓުގެ ސަރަހައްދެކެވެ. ނަމަވެސް، އެތަން ހުސްކުރަނީ ކޮން ބޭނުމަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

އެތަނުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަން މާލޭ ސިޓީ ކައުންްސިލުން ކުރިން ނިންމި އެވެ. 


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު