ޚަބަރު
އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އަނެއްކާ ވެސް އެދިއްޖެ
އިނގިރޭސި ވިލާތުގައި ކުރިއަށްގެންދާ މުޒާހަރާއެއްގައި ފުލުހުންގެ ހަރަކާތްތެރި ވަނީ
އިނގިރޭސިވިލާތުގައި މުޒާހަރާ ކުރާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހާދިސާގައި ތިން ކުޑަކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ފޮރިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މިދިޔަ މަހުގެ 29 އިން ފެށިގެން އިނގިރޭސި ވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ދިވެހިންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.

މި ހާލަތާ ގުޅިގެން 100 އަށް ވުރެ ގިނަ މުޒާހަރާތައް ރޭވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އެންމެހާ ދިވެހި ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަދި މުޒާހަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުން ދުރުހެލިވުމަށާއި އިނގިރޭސި ސަރުކާރާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިން ހައިކޮމިޝަނުގެ ލިންކެއް މެދުވެރިކޮށް ހައި ކޮމިޝަނުގައި ރަޖިސްޓަރީވުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު