ދުނިޔެ
ޕެރޫގެ ކުރީގެ ރައީސް ކެންސަރު ބަލީގައި އަވަހާރަވެއްޖެ
އިންސާނީ ހައްގުތަކާ ޚިލާފުވުމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރައްވައި މިނިވަންވެފައި ހުންނެވި ޕެރޫގެ ކުރީގެ ރައީސް އަލްބާޓޯ ފުޖިމޯރީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ.

އޭނަގެ އާއިލާ އިން މިކަން ކަށަވަރުކޮށް ދެމުން ބުނީ ފުޖިމޯރީ އަވަހަރާވީ ކެންސަރު ބަލީގައި އުޅުއްވާތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް ކަމަށެވެ. ފުޖިމޯރީ އަވަހާރަވި އިރު އުމުރަކީ 86 އެވެ.

އޭނަ ޕެރޫގެ ރައީސްކަން ކުރެއްވީ 1990-2000 އަށެވެ.

ފުޖިމޯރީގެ ވެރިކަމުގެ ދައުރުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ. އޭނަ އަށް މަގާމު ގެއްލި، ކޮރަޕްޝަންގެ ކުށްތަކާއި އިންސާނީ ހައްގުތައް ނިގުޅައިގަފުން ފަދަ ބޮޑެތި މައްސަލަތަކާ ގުޅިގެން ޖަލު ހުކުމް ވެސް ތަންފީޒުކުރައްވަން ޖެހިވަޑައިގަތެވެ. 

އެގޮތުުން ފުޖިމޯރީގެ މައްޗަށް އިއްވާފައި އޮތް 25 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން 15 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނަ ޖަލުން ދޫކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފުޖިމޯރީގެ އަވަހާރައާ ގުޅިގެން ޕެރޫގެ މިހާރުގެ ރައީސް ދީނާ ބޮލުއާޓެ ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް އިޢުލާން ކުރައްވާފައެވެ. އަދި ކުރީގެ ރައީސްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު