
އެފްރިކާ ސަރަހައްދުން ފެނުނު ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާން ހިމެނެ އެވެ.އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމައެވެ. އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.މީގެ ކުރިން މަންކީޕޮކްސް ނަމުން ނަން ދެވިފައިވާ މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ޑެންމާކުންނެވެ. އޭގެ ފަހުން މިދިޔަ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ވަނީ މި ބަލީގެ ނަން، އެމްޕޮކްސްއަށް ބަދަލު ކޮށްފަ އެވެ. ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވެ އެވެ.