ވިޔަފާރި
12 ބައިވެރިންނާއިއެކު އެމްއޭސީއެލްއިން ގެންދިޔަ ފަޔާ ފައިޓާ ކޯސް ނިންމާލައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 29 ވަނަ ފަޔާފައިޓާ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މި ކޯހުގައި ތަމްރީނު ދީފައި ވަނީ އެ ކުންފުނީގެ އިންސްޓްރަކްޓަރުން ކަމަށެވެ.

މި ކޯހުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނަ އެއާކްރާފްޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔަދީ، ތަމްރީނު ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބެޗުގައި ޖުމްލަ 11 ފަރާތަކުން ވަނީ އެމްއޭސީއެލްގެ ބޭސިކް ފަޔާފައިޓިން ކޯސް ފުރިހަމަކޮށްފަ އެވެ. މި ބެޗުން ކޯސް ފުރިހަމަ ކުރުން ފާހަގަކުރަން ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

އެ ކޯސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ، އެ ކޯސް ފުރިހަމަކަމާއެކު ނިމިގެން ދިއުމުން އެނގިގެންދަނީ އެމްއޭސީއެލްގެ އިން ހައުސް ޓްރެއިނިންގެ ނިޒާމްގެ ހަރުދަނާކަންކަމަށެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މުވައްޒަފުނަނަށް ދޭންޖެހޭ ތަމްރީނުތައް ފޯރުކޮށްދިނުމަށް ކުންފުނީގެ މެނޭޖްމަންޓުން މަސައްކަތް ކުރާނެ." ލައްމާން ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އިތުރުން މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ތަމްރީނުތަކެއް ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު