ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ތުރުކީގެ އޭރޯސްޕޭސް އިންޑަސްޓްރީއަށް ޓެރަރިސްޓް ހަމަލާއެއް
ހަސަން ހަލީމް
24 އޮކްޓޫބަރ 2024 - 11:23
0
comments
Tweet
Telegram
ތުރުކީ އަސްކަރިއްޔާގެ މައި ހިއްސާ އޮންނަ އެ ގައުމުގެ މުހިންމު ކުންފުންޏެއް ކަމަށްވާ ޓާކިޝް އެއަރޮސްޕޭސް އިންޑަސްޓްރީޒް (ޓީއޭއައި) ގެ މައި މަރުކަޒު ބޭރުގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުނެފި އެވެ.
ޒަހަމްވި މީހުންގެ ތެރޭގައި ވަރަށް ހާލުދެރަ ހަތަރު މީހަކު އޮތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަލީ ޔެލިކަޔާ ވިދާޅުވި ގޮތުގައި ތުރުކީގެ ދިފާއީ ބާރުތަކުން ޓެރަރިސްޓުންގެ ދެ މީހަކު ވަނީ މަރާލާފަ އެވެ. އަދި އެއީ ކޮން ބައެއްތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުން ޓެރަރިސްޓުން އޭރޯ ސްޕޭސް އިދާރާ ދޮށަށް ދިޔައީ ޓޭކްސީއެއްގަ އެވެ. އަދި އެ މަރުކަޒަށް ވަންނަން އުޅެފައި އެ ތަނުން އެކަކު އަމިއްލައަށް ގޮއްވާލީ އެވެ.
ޓީވީ ޗެނަލަކުން ބުނި ގޮތުގައި ހަމަލާ ދިނީ ޓެރަރިސްޓުންގެ ގްރޫޕަކުން ގޮސް ހަތިޔާރާ އެކު އިމާރާތްތަަށް ވަދެގަންނަން މަސައްކަތްކޮށްފަ އެވެ. ގޮއްވާލީ ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން އުޅުނު މީހެއް ކަމަށް ބުނެފައިވެ އެވެ.
ޓީއޭއައިގެ ވެބްސައިޓްގައިވާ ގޮތުން ހަތިޔާރު އުފައްދާ މި ބޮޑު ކުންފުނީގައި 15،500 މީހުން ވަޒީފާ އަދާކުރާ އިރު، ފަސް މިލިއަން އަކަމީޓަރުގެ ސަރަހައްދެއް ހިމެނޭ ގޮތަށް ބޮޑު ޕްރޮޑަކްޝަން ސައިޓެއް ހުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
24 ދުވަސް ކުރިން
0
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
4 މަސް ކުރިން
0
ހޫދު ދޫކޮށްލި ގޮތް ގޯސް: ހައިކޯޓު
5 މަސް ކުރިން
0
އެމްޑީޕީން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ތުހުމަތުކޮށްފި
6 މަސް ކުރިން
0
ތުރުކީން އަގު ހެޔޮކޮށް މުދާ ގެނެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
7 ގަޑިއިރު ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
7 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
7 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
8 ގަޑިއިރު ކުރިން
0