ޚަބަރު
ސިޔާސީ މީހުންނަށް ހޭދަވަނީ މުސާރައަށް ކުރާ ހޭދައިގެ ހަތަރު ޕަސެންޓު: ޒަމީރު
ސަރުކާރުގައި އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައި ތިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކުރަނީ މުޅި ސަރުކާރުގެ މުސާރައާއި އިނާޔަތަށް ހޭދަކުރާ މިންވަރުގެ ހަތަރު އިންސައްތަ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ދެއްކެވި ވާހަކައިގަ އެވެ. މިއަދު ވަނީ 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ. 

ޒަމީރު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މުސާރައަށް ކުރާ ހޭދައަކީ ސަރުކާރުގެ މުޅި މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދައިގެ ހަތަރު އިންސައްތަ ކަމަށެވެ.

"ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި. މި ގޮތުން، ދަތުރުފަތުރާއި ހަފުލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ޚަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތްކުރަމުންދާއިރު، މި ކަމުގެ ނަތީޖާ ދަނީ ފެންނަމުން،" ބަޖެޓު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނިތައް ފައިދާވާ ކުންފުނިތަކަށް ހަދައި، ސަރުކާރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކުންފުނިތަކުގެ ސްޓްރަކްޗާ ބަދަލުކޮށް، އުވާލަންޖެހޭ ކުންފުނިތައް ފާހަގަކޮށް އެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

"ޕީއެސްއައިޕީ ޕައިޕްލައިން ދައުލަތުގެ މާލީ ހާލަތާއި ބައްދަލު މިންވަރަކަށް ގެނައުމަށް އަލުން ތަރުތީބު ކޮށްފައިވާއިރު، ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރަން ވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައި. މިގޮތުން، ދަތުރުފަތުރާއި ހަފްލާތައް ބޭއްވުން ފަދަ ކަންކަމަށް ކުރާ ހަރަދުތައް ހިފެހެއްޓުމަށް ގިނަ ކޮންޓްރޯލްތަކެއްގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، މިކަމުގެ ނަތީޖާ ދަނީ ފެންނަމުން،" އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު