ވިޔަފާރި
މިއަހަރުގެ ޕައިޕްލައިން އެވޯޑްސްގެ "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ދިރާގަށް
ދިރާގަށް މިއަހަރުގެ ޝަރަފުވެރި ޕައިޕްލައިން އެވޯޑްސްގައި "އިނޮވޭޝަން އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން" އެވޯޑް ލިބިއްޖެ އެވެ.

ދިރާގަށް މި އެވޯޑް ލިބިފައިވަނީ އެތިޔާއާ އެކު ކުރިއަށް ގެންދިޔަ އެކުންފުނިން ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމެންޓް (ސީ.އާރް.އެމް) ޓްރާންސްފޮމޭޝަން ޕްރޮޖެކްޓަށެވެ.

މި އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ. 

މި އެވޯޑަކީ ދިރާގުން ކަސްޓަމަރުންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެކުންފުންޏަށް ދިން އެވޯޑެކެވެ. އެތިޔާގެބިޒްނަސް ސަޕޯޓް ސިސްޓަމް (ބީއެސްއެސް) ޕްލެޓްފޯމްގެ އެހީގައި ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް، އެފަރާތްތަކަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

"ޑިޖިޓަލް އިނޮވޭޝަން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ މި އެވޯޑް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. މި ކާމިޔާބީންދައްކުވައިދެނީ އަޅުގަނޑުމެންގެ ހީވާގި ޓީމާއި ޕަރޓްނަރުންގެ ބުރަ މަސައްކަތާއިއެއްބާރުލުން،" ދިރާގުގެ ސީ.ޓީ.އައި.އޯ، މުހައްމަދު މުއްސަދު ވިދާޅުވިއެވެ.

ދިރާގުން ވަނީ ޕައިޕްލައިން އެވޯޑްސް އިން މި ލިބުނު އެވޯޑްގެ އަގުވަޒަންކޮށް، މި އިންގިލާބީ ދަތުރުގައި ދިރާގާ އެކު މަސައްކަތްކުރި ހުރިހާ ޕާޓްނަރުންނާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޑިޖިޓަލް ގޮތުން ރާއްޖޭގެ ކުރިއެރުމަށް ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު