ވިޔަފާރި
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދޭ ޕްރޮމޯޝަނެއް
ދިރާގުން ޕްރޮމޯޝަނުގައި ދޭ ޓީވީ
ދިރާގުގެ ލިމިޓެއް ނެތް 30އެމް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖަކަށް އަޕްގްރޭޑްކޮށް ކޮންމެ ހަފުތާއަކު ސްމާޓް ޓީވީއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ލިމިޓެއްނެތް 30އެމް އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށްގެންނެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑުގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުގައި 30އެމް އިން މަތީގެ ޕެކޭޖެއް ހިޔާރުކޮށްގެން ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 65 އިންޗީގެ ސްކައިވޯތު – ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުގެ ލިމިޓެއް ނެތް ޕެކޭޖުތަކުގެ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުގައި ލިބެން ހުންނާނެ އެވެ.

ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކޮށް، ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ.

އެގޮތުން އެ ތަފާތު ޕެކޭޖުތަށް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބިގެންދާނެ އެވެ.

ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު