ޚަބަރު
ފަތުރުވެރިކަމުގެ ޕާޓްނަރުންނާ ގުޅިގެން، މެދުއިރުމަތީގެ ހާލަތު މޮނިޓާ އެބަކުރަން: ތޯރިގު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ.

މި ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރާއި ޑުބާއީގެ ވައިގެ ސަރަހައްދު ބަންދުކުރިއެވެ.

ރާއްޖެ އަންނަ ގިނަ ފްލައިޓުތަކެއް ޓްރާންސިޓް ކުރަނީ މެދުއިރުމަތީގެ އެއާޕޯޓުތަކުގައެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓުތަކެއް ޑިލޭ ވުމުގެ ކަންބޮޑުވުން ވެސް ވަނީ ފެންމަތިވެފައެވެ.

ހަނގުރާމައިގެ މިވަގުތުގެ ހާލަތާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާ ޕާޓްނަރުންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާ ކަމަށެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ އެމެރިކާ އިން އީރާނަށް ދިން ހަމަލާގެ ރައްދުގައި އީރާނުން ރޭ ގަތަރާއި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައި ވަނިކޮށެވެ.

މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރިއިރު އެވެ. މީގެ އިތުރުން ބަހްރެއިން އާއި އަބޫދާބީ އަދި ދޯހާ އިން ރާއްޖެއަށް މިއަދު ދަތުރުކުރަން ޝެޑިއުލްކުރި ބައެއް ފްލައިޓްތައް ވަނީ ޑިލޭވެފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ އެއާޕޯޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު