ޚަބަރު
ހޯރަފުށީ ފަޅު ހިއްކާ ހަދަން ބުނި ކޮންޓައިނާ ޓާމިނަލް ވަޖީހުއާއި ހަމައިން ނިމުނީތަ؟
ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު ކޮންޓައިނާ ޓާމިނަލެއް ހަދާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ 19 ސެޕްޓެމްބަރ 2024 ގައި އެވެ. ވަޖީހު މިހެން ވިދާޅުވީ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

"ހޯރަފުށީގެ ފަޅު ހިއްކައިގެން އެތާނގައި ބިމެއް އުފައްދައި އެއްގަމުން ބަންކަރިން ހިދުމަތް ދެވޭނެ ގޮތަށް އޮއިލް ޓާމިނަލް ތައްޔާރުކުރާނެ. ބިން ހިއްކައިގެން އޮއިލް ޓާމިނަލް ގާއިމުކޮށްފައި ބޮޑެތި ޓޭންކަރުތައް ބަހައްޓާނެ. ކޮންޓެއިނާ ޓާމިނަލް ގާއިމުކުރާނެ.،" ވަޖީހު އެދުވަހު ވިދާޅުވި އެވެ.

އިތުރަށް ވަޖީހު ވިދާޅުވީ ހޯރަފުށީ ފަޅުން ހިއްކާ ބިމުގައި ބޮޑު އިންޓަނޭޝަނަލް ކޮންޓައިނާ ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި، އެ ޓާމިނަލްވާނީ ގައުމުގެ އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ފޯރުކޮށްދޭނެ ޓާމިނަލަކަށް ކަމުގައި ވަޖީހު ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސޯދު ބައްޓަން ކުރުމުގައި ވަށާޖެހޭ ގޮތަކަށް މެރިޓައިމްގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ކުރަމުންއަންނަކަން ވަޖީހު ފާހަގަކުރެއްވި އެވެ. ވަޖީހު ވިދާޅުވީ އުތުރުގެ މެރިޓައިމް ހިދުމަތާއެކު ހއ.އުލިގަމުގައި ގާއިމްކޮށްފައިވާ އޮފީސް މެދުވެރިކޮށް އެމްޕީއެލްއިން އެސަރަހައްދުގައި މެރިޓައިމް 14 ހިދުމަތެއް ދޭނެކަމަށެވެ. 

ނަމަވެސް 02 ފެބްރުއަރީ 2025 ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ވަޖީހު އިބްރާހީމް، ވަކިކުރި ހިސާބުން ހޯރަފުށީ ފަޅު ހިއްކާ ހަދަން ބުނި ކޮންޓައިނާ ޓާމިނަލްގެ އަޑެއް މިހާރު ނީވެ އެވެ. އެޕްޕީއެލް އަށް ގުޅުމުން ބުނީ "ޗެކްކޮށްލާފަ" ހަބަރެއް ވާނެ ކަމަށެވެ.

ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި ލިބުނު މީހަކުނެތެވެ. "ފެން" ބަންކަރިން އަށް ހެދި ބާޖު ފަދައިން ހޯރަފުށީ ދާއިރާގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ވެސް އޮތީ "ފެން" ވެފަ އެވެ. ފެންނަން އޮތީ މި ފޮޓޯގަނޑެވެ. މިނިސްޓަރު ސައީދު ދުރުގައި އެހުންނެވީ އަތްޖައްސަވާށެވެ. ނަމަވެސް ޖައްސަވާ ހިސާބެއް ދިމަލެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު