
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އޭސީސީގެ ބަޖެޓުގެ ސީލިންއަކީ 49.8 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅިއިރު އޭސީސީއަށް ބަޖެޓުކޮށްފައި އޮތީ ދެ މިލިއަނެއްހާ ރުފިޔާ މަދުކުރުމަށްފަހު 47 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވި އެވެ.އޭގެ ތެރެއިން 37 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތްތަކަށް ޚަރަދުވާއިރު، އެއީ 78 ޕަސެންޓު ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ބާކީ އޮންނާނީ 1.6 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެއީ މުޅި ބަޖެޓުގެ 3.39 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން ޝާމިލް ވަނީ، އޭސީސީގެ ބަޖެޓުގެ ތެރެއިން 10.1 އިންސައްތަ ކުއްޔަށް ޚަރަދުކުރަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ.