
އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ، ޖުމުލަ 10 މީހުންނާއެކު ދަތުރުކުރަނިކޮށެވެ. އެއީ، ދެ ދިވެހީންނާއި އަށް ބިދޭސީންނެވެ.އޭގެތެރެއިން، ސަލާމަތްވި އަށް މީހުން މިދިޔަ ހުކުރު ދުވަހު ވަނީ ގާފަރަށް ގެންގޮސްފައެވެ. މިހާރު ހޯދުމުގެ މަސައްކަތް ކުރަނީ އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ."މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވި އެވެ.އެ ދެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި، އެކަން ހިއްސާކޮށްދިނުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފަ އެވެ.