ޚަބަރު
"ފްރެންޑް 4" ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދޯނި އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު އެންމެ އިސްކަމެއް ދެނީ ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތަށް. މިހާރު ކުރިއަށްދާ ސާޗް އޮޕަރޭޝަނަށާއި، އަޑިއަށްދިޔަ އުޅަނދާ ގުޅޭ ކަންކަމުގައި އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ބޭރުގެ ގައުމުތަކާއެކު ދަނީ މަޝްވަރާ ކުރެވެމުން،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުން ގެންދާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.

"ފްރެންޑް 4" ދިޔަވެ އަޑިއަށް ގޮސްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އެވެ. 

އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޔޫއޭވީ (ޑްރޯން)ގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު