ޚަބަރު
ސައުދީން ހެދި ގަލްފުގެ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވަނީ
ގަލްފު ސަރަހައްދުގެ ސަލާމަތަށް ނުރައްކާތައް އިތުރުވަމުންދާތީ، ބާބު އަލް-މަންދަބު ކަނޑުއޮޅި އާއި ރަތް ކަނޑު އަދި އޭޑަން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ރައްކާތެރިކުރުމަށްޓަކައި ސައުދީ އަރަބިއްޔާ އާއި އިތުރު 13 ގައުމަކުން ގުޅިގެން އެކުލަވާލި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސްގައި ރާއްޖޭން ބައިވެރިވާން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

 ކޯލިޝަން އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. މި އިއްތިހާދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް އިހްތިރާމުކޮށް، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.

މި އިއްތިހާދުގައި މިހާތަނަށް ބައިވެރިވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީގެ އިތުރުން، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ. 

ސައުދީއަކީ މި އިއްތިހާދު އުފެއްދި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި އިއްތިހާދު އިއުލާނުކޮށްފައިވަނީ، ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރުމަށް ފަހު، ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ތަކުރާރުކޮށް ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު