މި މަހުގެ ފަސްވަނަ ދުވަހު ސަޕްލައި ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން ގެއްލުނު ތިން މީހުން ހިމެނޭ ގޮތަށް، އެ ހާދިސާގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި އެންމެންނަށް އެމްއެންޑީއެފުން ތައުރީފުކޮށް، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަ ކަމުގެ ޔަގީންކަން މިރޭ ދީފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ، "ފްރެންޑް 4" ދޯނި އަޑިއަށް ދިޔައިރު، އޭގައި ތިބީ:- ދޯނީގެ ކައްޕި މުހައްމަދު ހަމްދޫން
- އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދު
- ފުލުހުންގެ ސާޖަންޓް އަލީ ނާފިއު
އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، އެ ހާދިސާ ހިނގިވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" ބޭނުންކޮށްގެން އަންނަނީ ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން ކަމަށެވެ. އެ ޔޫއޭވީސްއަކީ އިންފްރާރެޑް ސެންސާސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވާނަމަ އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ހުރި އުޅަނދުތައް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.އެހެންވެ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީސް ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައި ކަމަށާއި އެގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާ ދިޔަ ގޯންޏާއި އެ ނޫންވެސް ތަކެތި ޔޫއޭވީސްގެ ސެންސަރުތައް ބޭނުންކޮށްގެން ދެނެގަތް ކަމަށް ސިފައިން ބުންޏެވެ.އެ ހާދިސާ ތަހުގީގު ކުރުމަށް މާލެއިން ހާއްސަ ޓީމެއް ފޮނުވާފައިވާނެ ކަމަށާއި އަދި އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވެސް ހިނގަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
ލ. އަތޮޅުން ފުރައިގެން ދަތުރުކުރި އެ ދޯނި އަޑިއަށް ދަނިކޮށް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ސިފައިންގެ މީހަކާއި އިތުރު މީހަކު ވެސް ވަނީ ގެއްލިފަ އެވެ. އަދި އެ މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވެ އެވެ.