އަބްދުﷲ މައުރޫފް
13 އޮކްޓޫބަރ 2026 - 14:23
0 comments
ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީންގެ 4 ވަނަ ބެޗްގެ ދަރިވަރުން، ތަމްރީންތަކަށް ފުރައިފިއެވެ. މިއީ ހަރުދަނާ ޒުވާން ޒީލެއް ބިނާކުރުމުގެ މަގްޞާދުގައި ފަށާފައިވާ ޕްރޮގްރަމެކެވެ.
މި ބެޗުގައި 351 ދަރިވަރުން ހިމޭނޭއިރު، އެއީ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުންނެވެ. މީގެތެރޭގައި 16 އަހަރާ 28 އަހަރާ ދެމެދުގެ ޒުވާނުން ހިމެނެއެވެ. 
ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދޭނެ އެވެ.
ގައުމިއްޔަތާއި ޒިންމާދާރު އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަގުސަދުގައި 16-28 އަހަރާ ދެމެދުގެ މީހުންނަށް ނޭޝަނަލް ސާވިސްގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ފުރަތަމަ ތަމްރީނަށް ފަހު، ފަންނީ ބައި ފުރިހަމަކުރަން ބ. ކިހާދޫއަށް އިއްޔެ ވަނީ ތިން ވަނަ ބެޗު ފުރައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުމެވެ.