ޚަބަރު
ވަތަނީ ހިދުމަތުގެ 4 ވަނަ ބެޗްގެ ތަމްރީނުތައް ފަށައިފި
ވަތަނީ ހިދުމަތުގެ ހަތަރު ވަނަ ބެޗުގައި ހިމެނޭ 352 ބައިވެރިންގެ ތަމްރީނުތައް ފަށައިފި އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗުގެ ތަމްރީންތައް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ތަމްރީނުގައި 352 ޒުވާނުން ބައިވެރިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެ އެވެ. 

އެ ތަމްރީން ފުރިހަމަކުރުމުން ސެޓްފިކެޓު 3 އިން ސިވިކް އެޑިއުކޭޝަން އެންޑު ލީޑަޝިޕާއި ކޮމިއުނިޓީ ވޮލަންޓިއާ ފަޔާ ފައިޓަރު ސެޓްފިކެޓާއި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް އަދި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ.

ތަމްރީނު މުއްދަތުގެ ތެރޭގައި ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު